logoEN
Sto top
"ޕިއަރ އެޑިއުކޭޓަރ" ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިއަށް!

"ޕިއަރ އެޑިއުކޭޓަރ" ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފެށިގެން ކުރިއަށް!

އަހުމަދު ޝުރާއު

logo

2/16/2025, 9:17:07 AM

# ޔޫތު މިނިސްޓްރީ

--

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން "ޕިއަރ އެޑިއުކޭޓަރ" ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

Wamco

މި ތަމްރީނު ޕްރޮގްރާމަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 20 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް، ސޯޝަލް ސެންޓަރުގައެވެ.

ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކިއު.އާރް ކޯޑް ސްކޭންކޮށްގެން ނުވަތަ 7925704 ނަންބަރަށް މެސެޖްކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ޒުވާނުންނަށް އެމީހުންގެ މުޖުތަމަޢުގެ ތެރޭގައި ހުރި މައިގަނޑު ނަފްސާނީ އަދި އިޖްތިމާޢީ މައްސަލަތަކަށް އަމާޒުކޮށްގެން ހަރަކާތްތައް ފަރުމާކޮށް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތާއި، ހުނަރުތަކާއި އަދި ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާއިރު، ބައިވެރިންނަށް ހިލޭ ކެއުން ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside