logoEN
Sto top
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމުގެ އިޞްލާހު މަޖިލީހަށް!

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމުގެ އިޞްލާހު މަޖިލީހަށް!

އަހުމަދު ޝުރާއު

logo

2/10/2025, 7:43:19 AM

# ރައީސް މުއިއްޒު

--

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ޤާނޫނަށް ގެންނަން ޖެހޭ އިޞްލާހު ހުށައަޅުއްވައިފިއެވެ.

Wamco

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ.

މި އިސްލާހަކީ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި ހުށަހެޅި އިސްލާހެކެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ ދަށުން ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

އެގޮތުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އިތުރަށް ތަފްސީލުކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުފަދަ ކަންކަން ކައުންސިލްތަކާއި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަމަޖައްސައިދިނުމުގެ އުސޫލުތަކާއި، މާލީގޮތުން ދިމާވާ ދަތިތައް ހައްލުކޮށް، ކައުންސިލްތަކުން ދޭ ފައިސާ ދޭނެ ގޮތާއި އެ ފައިސާ ޚަރަދުކުރާނެ ގޮތުގެ އުސޫލުތައް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައި އެވެ. އަދި އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސްވެސް ދޭންޖެހޭނެއެވެ. އެގޮތުން، މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް އިސްލާހުގައި ވަނީ ހިމަނާފައި އެވެ.

މީގެ އިތުރުން ބިލުގައި ވަނީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ހިލޭ އެހީގެ ދަށުން ޑަބްލިއުޑީސީ ހަރަކާތްތަކަށް ފައިސާ ދޫކުރުން ފަސޭހަ ކުރުމަށާއި އެ ކޮމިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ބައެއް އިސްލާހުތައް ހުށަހަޅައިފަ އެވެ.

ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދޭނެ ކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside