logoEN
Sto top
"ޔޫތު ވެލްނެސް ލައުންޖް"ގެ ހިދުމަތް ފަށައިފި

"ޔޫތު ވެލްނެސް ލައުންޖް"ގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

2/10/2025, 6:05:20 AM

# ޔޫތު މިނިސްޓްރީ

-

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ޔޫތު ވެލްނެސް ލައުންޖް" ގެ ނަމުގައި އާ ހިދުމަތެއް ފަށައިފިއެވެ.

Wamco

މި ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ޚިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ސިއްހީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނެއެވެ.

ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ހިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ހިދުމަތް ލިބިގަނެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside