logoEN
Sto top
ހުވަދޫގައި އިންޓަނޭޝަލަން އެއާޕޯޓެއް އެޅުމަށް ދެފަރާތަކާއި އަންނަނީ ވާހަކަ ދެކެވެމުން - ރައީސް

ހުވަދޫގައި އިންޓަނޭޝަލަން އެއާޕޯޓެއް އެޅުމަށް ދެފަރާތަކާއި އަންނަނީ ވާހަކަ ދެކެވެމުން - ރައީސް

އަހުމަދު ޝުރާއު

logo

3/25/2021, 9:30:18 AM

WhatsApp-Image-2021-02-21-at-21.15.26

ހުވަދު އަތޮޅުގައި ބައިނަލަޤްވާމީ އެއާޕޯޓެއް އެޅުމަށްޓަކައި ދެފަރާތަކާއި އަންނަނީ ވާހަކަ ދެކެވެމުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިން ޕްރޮގުރާމުގައި ގދ. އަތޮޅުގެ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ހުވަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެކަމާ ގުޅިގެން ދެ ފަރާތަކާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓް އަޅާނެ ވަކި ރަށެއް ކަނޑައަޅާފައިވާ ނުވާ ކަމަށްވެސް ރައީސް ސޯލިހް މި ބައްދަލުވުމުގައި ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ މީގެ ކުރިންވެސް މި ދައުރުގައި ހުވަދޫ އަތޮޅުގައި އެއާޕޯޓެއް އަޅާނެކަމަށް ބުނެފައި އެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ވަނީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ޤާއިމުކުރުމަށް ވައުދު ވެފައި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި މިހާރު ވެސް ތިން އެއާޕޯޓް އޮވެއެވެ. ކޫއްޑޫ އާއި ކާޑެއްދޫގެ އިތުރުން މާވަރުލުގައި އެއާޕޯޓް ހިންގަމުންދާއިރު އެ އަތޮޅުގައި ޓޫރިޒަމް އަންނަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside