
--
މާލޭގެ ކެފޭއެއްގެ ތެރޭގައި ބިދޭސީންތަކެއް މެދުގައި ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި ހިނގި މާރާމާރިއާއި ގުޅިގެން ނޭޕާލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސިދާތު ގުރުންގު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މި މާރާމާރީ ހިނގި ހައްޔަރުކުރި ސިދާތު އާއި އެކެފޭގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝަށް ނިސްބަތްވާ މީހަކާއި ދެމެދު އެވެ. މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މިއަދު ބުނީ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށެވެ.








