
އަޒަރުބައިޖާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި
# ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް--
އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު، އެލްނޫރު މަމަދޮވް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދު ވައިގެ މަގުން ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުގައި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މި ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ. އެ ގޮތުން މޫސުމީ ބަދަލުތަކާއި ސަގާފަތާއި ވިޔަފާރީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 2006 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ސާބާ މުބާރާތުން ރިހި މެޑަލް ހޯދި އަންހެން ބާސްކެޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް!

ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި

މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކުރާނެ ކަމެއް ނޫން
