
--
މާލޭގައި ހުންނަ އެމްޑީޕީގެ ހަރުގެއަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 00:59 ހާއިރު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަންދާކަން އެއިދާރާއިން ހާމަކުރި ނަމަވެސް މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ހާމައެއް ނުކުރެއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީން މިއަދު ބުނީ ޕާޓީގެ ފަރާތުން ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް 15 ޖެނުއަރީ 2025 ވަނަ ދުވަހުގެ މެންދަމު 01:00 ހާއިރު ބަޔަކު ކަޅުތެޔޮ ޖަހާފައިވާ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ރަސްމީކޮށް އެޕާޓީއިން މިއަދު ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައަކީ އެޕާޓީން މިހާރު ރަސްމީ ހަރުގެއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ހަރުގެއެވެ. އެގޮތުން އެޕާޓީން މާލޭގައި ކުރިން ބޭނުންކުރި މައި ހަރުގެ އެހަރުގެ ހުރި ބިމުގެ ވެރިފަރާތުން ވަނީ ނަގައި ވެރިކަން ކުރާ ޕީއެންސީއަށް ދީފައި އެވެ. އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެބިން މިހާރު ވެރިކަން ކުރާ ޕީއެންސީން މިހާރު ބޭނުންކުރަމުންދަނީ އެޕާޓީގެ މައި ހަރުގެ ގޮތުގައި އެވެ.
ގުޅުންހުރި

ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް އުނގޫފާރުގައި ފުލުހުން ކުރިއަށް ގެންގޮސްފި

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ބ އަތޮޅުގެ ފަޅު ރަށަކުން 9 މީހަކު ހައްޔަރަށް!

ޅ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފި
