
އިންޑިއާގެ އައު ސަފީރު ރައީސް މުއިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
# ރާއްޖެ-އިންޑިއާ# ރައީސް މުއިއްޒު--
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ޖީ ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒަށް އަރުވައިފި އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ސަފީރާއި ބައްދަލުކުރައްވައި ރައީސް ވަނީ އިންޑިއާގެ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވާފައި އެވެ. އަދި ދެބޭފުޅުން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އައު ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޑރ އެސް ޖައިޝަންކަރުގެ ހެޔޮ އެދުންތައް ރައީސް މުއިއްޒުއަށް ރައްދުކޮށްދެއްވާފައި އެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުއާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ދެމެދު، ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި އިންޑިއާ ސަފީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައި އެވެ.
ގުޅުންހުރި

މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަނީ!

މަރުގެ ހުކުމް އިއްވާފައި ތިބި މީހުންނަށް އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫން - ރައީސް

ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލު ނުކުރަން - ރައީސް

.gif&w=3840&q=75)



