
މާރީމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މާރާމާރީ--
ނ ހޮޅުދޫގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނ ހޮޅުދޫގައި މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގި ކަމަށް ބުނެ މިމަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ނ ހޮޅުދޫ ނިއުލައިފް އުމުރުން 30 އަހަރުގެ މޫސާ ރިމްޒީ މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރީ ޒުވާނާއަކީ ދާދި ފަހުން ހޮޅުދޫގައި މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާ މޫސާގެ ފިރިހެން ދަރިފުޅެވެ. އަދި އޭނާ ހިންގި ކަމަށް ބުނާ މާރާމާރީއަކީ ޒަކިއްޔާގެ މަރުގެ މައްސަލާއާއި ގުޅުންހުރި މާރާމާރީއެއް ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުންހުރި

ތިމަރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި

ހިމަންދޫއާއި މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރަށް!

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫއިން ޒުވާނަކު ހައްޔަރުކޮށްފި

.gif&w=3840&q=75)



