logoEN
Sto top

"ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިޔަރ އެކްސްޕޯ 2024" މިއަދު ރަސްމީކޮށް ފަށައިފި އެވެ.

Wamco

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދާ މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ އެވެ.

މިއެކްސްޕޯ ފެށުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ ޑރ.މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެ އިތުރުން، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު، އާދަމް ނަސީރު، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މުޙައްމަދު ޝާހިދު އަދި ދަނޑުވެރިކަމާއި ބެހޭ ވަޒީރު އައިޝަތު ރަމީލާ ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ދާލަން އެކްސްޕޯ އިފްތިފާޙްކުރުމުގެ އިތުރުން، މި ރަސްމިއްޔާތުގައި މިނިސްޓްރީ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ވަނީ "ހަފްތާ 52" ފޮތް ތަޢާރަފްކޮއްދެއްވާފައެވެ.

ޖުމުލަ 41 ސްޓޯލާއި އެކު ފެށި މި އެކްސްޕޯގައި، މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުންދާ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އަމިއްލަ ވިޔާފާރިތަކުން ތަފާތު އެކި ހަރަކާތްތަށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

ދާލަން އެކްސްޕޯގައި ބައިވެރިވެލައްވާ އެގްޒިބިޓަރސް:

  • މޯލްޑިވިސް ނޭޝަނަލް ސްކިލްސް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)
  • ނެޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް)
  • ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
  • ވިލާ ކޮލެޖް
  • ކްލިކް ކޮލެޖް
  • ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް
  • ޕަބްލިކް ސަރވިސް މީޑިޔާ
  • ޓްރޭޑް ނެޓް މޯލްޑިވިސް ކޯޕަރޭޝަން ލިމިޓެޑް
  • ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
  • މާލެ ވޯޓަރ އެންޑް ސިވޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްއީ)
  • ސީއޭ މޯލްޑިވިސް
  • ބޭންކް އޮފް މޯލްޑިވިސް
  • އީއެމްޖީއެސް
  • އައިލެންޑް އިންސްޓިޓިއުޓް އޮފް ޓަރޝިއަރީ އެޑިޔުކޭޝަން
  • މޯލްޑިވިއަން އެކަޑެމީ އޮފް ޑްރައިވިންގ
  • ދިރާގު
  • ވެމްކޯ
  • މޯލްދިވިސް ޕޮލިޓެކްނިކް
  • ކަސަބު
  • ކްލޭ ސްޓޫޑިއޯ
  • މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް-ލެންގުއެޖް ޕެތެލޮޖީ އެންޑް އޯޑިއޮލޮޖީ (މަސްޕާ)
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)
  • ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)
  • މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީސް
  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)
  • އާނެސްޓް އެންޑް ޔަންގް
  • މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)

"ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2024" ގެ ސްޕޮންސަރުންގެ ގޮތުގައި، ސީގަލް ގުރޫޕާއި ވިޔޭޖެސް މޯލްޑިވިސް ހިމެނޭއިރު، މި އެކްސްޕޯގެ ޕާރޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަން އޮފީސް، ބޭންކް އޮފް މޯލްޑިވިސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯއެވެ.

މީގ އިތުރުން، މި އެކްސްޕޯ ފަންޑުކޮއްދެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ވޯލްޑް ބޭންކުން ޚަރަދުކޮއްގެން ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside