
--
ލައިފްލޯންގ ލާނިންގ އާ ގުޅޭގޮތުން ގާބިލުކަން އިތުރުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޔުނެސްކޯގެ ލައިފްލޯންގ ލަރނިންގ އިންސްޓިޓިއުޓް (ޔޫ.އައި.އެލް) އާއި ޝަންހާއި އޯޕަން ޔުނިވަރސިޓީ (އެސް.އޯ.ޔޫ) ގުޅިގެން ބާއްވާ މި މަސައްކަތުބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 3 އޮފިޝަލުންނާއި ޤައުމީ ޔުނިވަރސިޓީގެ އޮފިޝަލެއް ހިމެނެއެވެ.
21 އިން 25 އޮކްޓޫބަރަށް ޗައިނާގެ ޝަންހާއީގައި ބާއްވާ މި ހައިބްރިޑް މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދޭ ދާއިރާތަކުގެ ތެރޭގަައި ލައިފްލޯންގް ލަރނިންގ އާ ގުޅޭ ސިޔާސަތުތަކާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކުގެ ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން މި ދަތުރުގައި ދާއިރާއާ ގުޅޭ މުހިންމު މަޝްވަރާތަކުގައި ބައިވެރިވެ، ތަޖުރިބާ ހޯދުމުގެ ގޮތުން ލައިފްލޯންގ ލާނިންގ މަރުކަޒުތަކަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަހު 24-25 އަށް ހަމަ އެ ގައުމުގައި އޮންނަ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް ލައިފްލޯންގ ލާނިންގ ކޮންފަރެންސްގައި ވެސް ރާއްޖޭގެ ވަފުދުން ބައިވެރިވާނެއެވެ
ގުޅުންހުރި

ގްރޭޑް 10 ގެ ދަރިވަރުންނަށް 'އެންޓި-ބުލީންގް އެންޑް މެންޓަލް ވެލް-ބީންގް' ޕްރޮގްރާމް ފަށައިފި

މިއަހަރު ރާއްޖޭގައި އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް އަލުން ފަށަނީ

"ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިފި




