logoEN
cocacola
މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ސާވޭއެއް ފަށައިފި

މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ސާވޭއެއް ފަށައިފި

އަހުމަދު ޝުރާއު

logo

9/24/2024, 6:18:09 AM

# މާލެ ސިޓީ ކައުންސިލް

--

މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ސާވޭއެއް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ގޮސިޔާ

19 ދާއިރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ސާވޭ ފަށައިފައިވަނީ 2024 ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނާނެ ކަމަށާއި މި ގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި ޢިމާރާތް ކުރުމުގެ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ވެސް ޑިޖިޓަލްކޮށް ފެންނާނެ ކަމަށެވެ.

މި މަސައްކަތުގައި ސިޓީ ކައުންސިލުގެ ކައުންސިލަރުން ދަނީ އަމަލީ ގޮތުން ކައުންސިލުގެ މުއައްޒަފުންނާއި އެކު ހަރަކާތްތެރިވަމުންނެވެ.

View post on Twitter

މިހާރު ފެށިފައިވާ މި މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރު ތަކާއި ކާނުތައް މަރާމާތު ކުރުން ވެސް ހިމެނެއެވެ. މީގެ ސަބަބުން މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަދުތަކަށް މިހާރު ކުރިމަތިވާ މައްސަލަތަކަށް ކޮށްމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ސާވޭ ނިމި، ޖިޑިޓަލްކޮށް މާލޭގެ މަގުތަކުގެ ޙާލަތު ބެލޭނެ ނިޒާމު ގާއިމްވުމުން، މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ