logoEN
Sto top
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަހުމަދު ޝުރާއު

logo

9/20/2024, 9:22:56 AM

# މަސްތުވާތަކެތި

--

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

Wamco

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް އިންނެވެ. އެގޮތުން ކަސްޓަމްސްއިން ބުނީ މިމަހުގެ 16 ވަނަ ދުވަހާއި 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކެއްގައި ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 349 ގްރާމުގެ ހެރޮއިންއެވެ.

އަދި 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 582 ގްރާމްުގެ ސިންތެޓިކް ކެތިނޯން އަތުލައިގަތްއިރު ހަމަ އެދުވަހު ހިންގި އެހެން އޮޕަރޭޝަނެއްގައި 5210 ގްރާމުގެ ކެނަބިސް އާއި 2870 ގްރާމުގެ ޕާޓީ ޑްރަގް އަތުލައިގެންފައިވާ ކަން ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މި މައްސަލަތަކާއި ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ހާމަކޮށްފައި ނުވެއެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންވެސް އަދި މިހާތަނަށް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside