logoEN
cocacola
ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

9/3/2024, 8:29:17 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން، އޮގަސްޓު 31 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ތުހުމަތުކުރެވިގެން އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު 168 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ގާޒީ ސަލާހުއްދީން ކަމަށް ފުލުހުން ބުނެއެވެ. އެއީ 44 އަހަރުގެ، ބަނގުލަދޭޝް ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ