logoEN
PNC TOP 3
މިރޭ ވީއައިއޭގައި ޚާއްސަ ޑްރިލްއެއް ބާއްވަނީ

މިރޭ ވީއައިއޭގައި ޚާއްސަ ޑްރިލްއެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

8/24/2024, 11:45:13 AM

# ވީއައިއޭ

--

ރާއްޖޭގެ މައި އެއާޕޯޓު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ޑްރިލެއް ކުރިޔަށް ގެންދަން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ތައްޔާރުވެއްޖެ އެވެ.

PNC MID 2

އެމްއޭސީއެލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓުގެ ފަޔަރ ސްޓޭޝަން 1 ގެ ފަޔަރ ޓްރެއިނިންގ ގްރައުންޑްގައި މިރޭ 20:00 އިން 21:30 އަށް ކޮންޓްރޯލް ލައިވް ފަޔަރ ޑްރިލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މި ޑްރިލްގައި އަލިފާން ބޭނުންކުރާނެތީ އެސަރަހައްދުން ދުމުގެ އަސަރު ފެނިދާނެ ކަމަށާއި އެކަމުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައި އެވެ.

View post on Twitter

މައުލޫމާތު ލިބޭގޮތުގައި މި ޑްރިލްއަކީ އެއާޕޯޓުގެ ފަޔާފައިޓަރުންގެ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން ކުރިޔަށް ގެންދާ ޑްރިލް އެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC