logoEN
PNC TOP 3
ހަސީނާ ސަރުކާރުގެ ވަޒީރުން ބަންގްލަދޭޝް ދޫކޮށް ފިލަން ފުރުސަތު ނުދިން!

ހަސީނާ ސަރުކާރުގެ ވަޒީރުން ބަންގްލަދޭޝް ދޫކޮށް ފިލަން ފުރުސަތު ނުދިން!

އަހުމަދު ޝުރާއު

logo

8/6/2024, 12:46:21 PM

# ބަންގްލަދޭޝްގެ ހަމަނުޖެހުން

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިއްޔެ އިސްތިއުފާދެއްވި ޝެއިހް ހަސީނާގެ ސަރުކާރުގެ ބައެއް ވަޒީރުން ފުރަން މަސައްކަތްކުރުމުން އެމީހުން އެއާޕޯޓުގައި ހިފަހައްޓައިފި އެވެ.

PNC MID 2

ބަންގްލަދޭޝްގެ އިތުރުބާރު ހުރި މަސްދަރުތަކުން ބުނާގޮތުގައި އެގައުމުގެ ދެވަޒީރަކު މިއަދު ވަނީ އެގައުމު ދޫކޮށް ފިއްލަވަން މަސައްކަތް ކުރައްވާފައި އެވެ. އެއީ ހަސީނާ ސަރުކާރުގެ ހާރިޖީ ވަޒީރު މުހައްމަދު ހަސަން މަހުމޫދު ގައުމު ދޫކުރައްވައި ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުކޮށްލާފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޢޭގެ އިތުރުންވެސް އެގައުމުގެ ޓެލެކޮމިއުނިކޭޝަން ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒުނެއިދު އަހުމަދު ޕަލަކްވެސް ޑާކާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ޕަލަކް ފުރުމަށް މަސައްކަތްކުރީ ނޭޕަލަށް ކަމަށާއި އިމިގްރޭޝަނުން އޭނާ ހިފަހައްޓާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުންވެސް ހަސީނާ ސަރުކާރުގެ އެހެނިހެން ވަޒީރުންތައް ފުރުން މަނާކުރުމަށް އެގައުމުގެ އިމިގްރޭޝަނުން ނިންމާފައިވާ ކަމަށް ބަންގްލަދޭޝްގެ ބައެއް ރިޕޯޓުތައް ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ ..

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC