logoEN
cocacola
ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރާނަން - ޝަމްއާން

ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރާނަން - ޝަމްއާން

އަހުމަދު ޝުރާއު

logo

8/3/2024, 7:07:13 AM

# ބިދޭސީން# މޯލްޑިވްސް އިމިގްރޭޝަން

ޝަމްއާން

ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިމިގްރޭޝަނުން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީން ޑީޕޯޓުކުރުމަށް ނިންމާފައެވެ. އަސްރަފީ މަގުގައި ހިންގި އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދީފައިވާއިރު، ފުލުހުން ވަނީ އެކަމުގައި ބައިވެރިވި ހަ މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އެކަމާ ގުޅިގެން އެ އިދާރާއިން ރޭ ބުނެފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަަސައްކަތްކޮށް ދިރިއުޅެމުންދިޔަ ނޯވޭ ފަތުރުވެރިއެއް ހޯދައި، އިއްޔެ އެ މީހާ ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަަނަ ދުވަހު ރާއްޖެ އެތެރެވި އެ މީހާއާ ގުޅޭ މައުލޫމާތު ލިބިގެން އެ އިދާރާއަށް އޭނާ ހޯދިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ޝަމްއާން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއަށް ހަމައަށް ފައިސާ ދެއްކުމަކީ އަދި އެ މީހާއަކީ ގަވާއިދުން އުޅޭ ފަރާތެއް ކަމުގައި ބަލައި ނިންމާލެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަމްއާން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގާނޫނު ތަންފީޒީ އިދާރާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމުގަ އެވެ. އިމިގްރޭޝަނުގެ ކޮންޓްރޯލާ ވަނީ އެ މަސައްކަތުގައި އާންމު ފަރާތްތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ