-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)

--
އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގައި އަވަހާރަކޮށްލި ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާގެ ހަށިކޮޅު ގަތަރަށް ގެންގޮސްފި އެވެ.
ހަނިއްޔާގެ ހަށިކޮޅު ގަތަރަށް ގެންގޮސްފައިމިވަނީ ގިނަ އަދަދެއްގެ ބަޔަކާއި އެކު އިރާނުގެ ތެހެރާނުގެ ހަނިއްޔާގެ ޖަނާޒާގެ ހިނގާލުމާއި ކަށުނަމާދެއް ކުރުމަށް ފަހުގައި އެވެ.
އިރާނުގެ ކުރިޔަށް ދިޔަ ޖަނާޒާގައި ހަނިއްޔާގެ ކަށުނަމާދު އިމާމުވެ ކުރެއްވީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އެވެ.
ހަނިއްޔާގެ ހަށިކޮޅު ގަތަރަށް ގެންގޮސްފައިވަނީ މީގެ ވަގުތު ކޮޅެއް ކުރީންނެވެ. އެގޮތުން އެއާޕޯޓުން ވަރުގަދަ ސެކިއުރިޓީއެއްގައި ހަށިކޮޅު ނެރެގެން ގެންދާ މަންޒަރު ވަނީ ގަތަރުގެ ބައެއް މީޑީއާތަކުން ލައިވްކޮށްފައެވެ.
ހަމާސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ނަމާދަށް ފަހު ދޯހާގައި ކަށުނަމާދު ކުރުން އޮންނާނީ އިމާމް އަބްދުލް ވައްހާބު މިސްކިތުގައި ކަމަށެވެ. އެއަށްފަހު އޭނާގެ ހަށިގަނޑު ލުސައިލްގެ ފައުންޑަރ އިމާމް ގަބުރުސްތާނުގައި ފަސްދާނުލުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ ބުނެފައި އެވެ.
2019 ވަނަ އަހަރުން ފެށިގެން ގަތަރުގައި ދިރިއުޅެމުން އަންނަ ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ ވެރިރަށް ގަތަރުގައި މިދިޔަ އަންގާރަ ދުވަހު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.
-1791113559823.jpeg?w=3840&q=75)




