ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އަހުމަދު ޝުރާއު
8/1/2024, 9:56:56 AM
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޔަހޫދީން އިއްޔެ ދިން ހަމަލާއެއްގައި ޝަހީދުކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ބުދަ ދުވަހުގެ ފަތިހު އަވަހާރަކޮށްލުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތައް ނަގަހައްޓައި، ޣައްޒާގެ މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ސަރަޙައްދުގެ ހަމަޖެހުމާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ރާއްޖެއިން ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށްފައިމިވަނީ ހަނިއްޔާ ޝަހީދުކޮށްލިތާ އެއް ދުވަސް ވެގެން ދިޔަރިއުވެސް ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފައި ނުވުމުން ގިނަ ބަޔެއްގެ ފާޑު ކިޔުންވެސް އަވާޒުވެފައިވާ ދަނޑިވަޅެއްގައި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާގޮތުގައި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އެގައުމުގެ ގަޑިން ބުދަ ދުވަހުގެ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހުންނެވީ ތެހެރާނުގައި ހުންނަ "ހަނގުރާމައިގައި ބައިވެރިވި މީހުންނަށް ހާއްސަ ގެއެއްގައި" ކަމަށެވެ. އަދި އެގެއަކީ ތެހެރާނުގެ އުތުރުގައި ހުރި ގެއެއް ކަމަށާވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާދީފައިވަނީ ވައިގެ މަގުން މިސައިލް ހަމަލާއެއްގެ ގޮތުގައި ކަންވެސް އިރާނުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެފަދަ މިސައިލެއް އިރާނުގެ ވައިގެ ތެރެއަށް ވަތް ގޮތެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައި ނުވެއެވެ.
ހަނިއްޔާއަކީ މީގެ ކުރިން ފަލަސްތީނުގެ ބޮޑު ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ.