logoEN
cocacola
އިރާނާއި އެކު ރާއްޖެއިން ސިޔާސީ ގުޅުންތައް އަލުން ޤާއިމްކުރިތާ 16 މަސް ދުވަސްފަހުން ރާއްޖޭގެ ނައިބު ރައީސް އެގައުމަށް!

އިރާނާއި އެކު ރާއްޖެއިން ސިޔާސީ ގުޅުންތައް އަލުން ޤާއިމްކުރިތާ 16 މަސް ދުވަސްފަހުން ރާއްޖޭގެ ނައިބު ރައީސް އެގައުމަށް!

އަހުމަދު ޝުރާއު

logo

7/29/2024, 1:17:13 PM

# އިރާން - ރާއްޖެ# ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

--

އިރާނާއި އެކު ރާއްޖެއިން އަލުން ގުޅުން ގާއިމްކުރިތާ 16 މަސް ދުވަސް ފަހުން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެގައުމަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ރައީސް އޮފީހުން މިއަދު ބުނީ ނައިބު ރައީސް ހުސެއިން އެގައުމަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެެއްގެ ގޮތުގައި ކަމަށެވެ.

ނައިބް ރައީސްގެ މިދަތުރުފުޅަކީ އިރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕަޒަސްކިޔާން އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. ނައިބު ރައީސް ވަޑައިގެންނެވީ އިރާނުގެ ވެރިރަށް ތެހެރާން އަށެވެ.

މިއީ ރާއްޖޭގެ މަތީ ފަންތީގެ ވެރިއަކު މި ފަހުގެ ތާރީހެއްގައި އިރާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެެވެ. އަދި ރާއްޖެއާއި އިރާނާއި ދެމެދު އަލުން ގުޅުން ގާއިމްކުރިތާ 16 މަސް ދުވަސް ވި އިރު އެގައުމަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެގެ އެންމެ މަތީ ފަސްތީގެ ވެރިއަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެެވެ.

އިރާނާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުންތައް ކަނޑާލީ 2016 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ. ނަމަވެސް މިިދިޔަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ރައީސް ސޯލިހުގެ ވެރިކަމުގައި އަލުން ވަނީ ގުޅުން ގާއިމްކޮށްފައެވެ.

މިދިޔަ މޭމަހުގެ ތެރޭގައި ރާއްޖޭގެ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ވަނީ އެގައުމަށް ވަޑައިގެންފައެވެ. އެގޮތުން އާދަމް ޝަރީފް އެފަހަރު އެގައުމަށް ވަޑައިގެންނެވީ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އަވަހާރަވި އެގައުމުގެ ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާއަށް ރައީސް މުއިއްޒުގެ ޚާއްސަ މަންދޫބެއް ގޮތުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ