ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އަހުމަދު ޝުރާއު
7/27/2024, 11:38:11 AM
ތައުލައިގަތް މަސްތުވަތާކެތި
ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ކަސްޓަމްސްއިން ބުނީ މި މަހުގެ 24 ވަނަ ދުވަހު އަބޫދާބީ މަގުން ރާއްޖެއައި ޕާކިސްތާނު މީހަކު ބަލާފާސްކުރި އިރު 2.12 ކިލޯ ގެ ބަރުަދަން ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ޓެސްޓު ކުރެވުނު ފުރަތަމަ މަރުހަލާއިން އެތަކެތި ހެރޮއިންއަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ މި އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 2 މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާއަށް އަރާ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ތެރެއިން ކޮންޓްރޯލްޑް ޑެލިވަރީއެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި މި ތަކެއްޗާއި ރާއްޖެއިން ހަވާލުވި ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކުރި ދެމީހުންނަކީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެދެމީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ދެމީހުން ކަމަށާއި އެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށް މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މިހާއާއި ރާއްޖެއިން އެމައްސަލާގައި ހައްޔަރުކުރި ދެ ދިވެހީންއާއި އެކު ތިން މީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.