logoEN
cocacola
އަންނަ މަހު ރާއްޖޭގައި ބައިނަލް އަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށޭނެ - ރައީސް

އަންނަ މަހު ރާއްޖޭގައި ބައިނަލް އަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށޭނެ - ރައީސް

އަލްފާ އަލީ

logo

7/26/2024, 7:11:01 PM

# ރައީސް މުއިއްޒު

-

އަންނަ މަހު ރާއްޖޭގައި ބައިނަލް އަގުވާމީ ބަންކަރިންގެ ހިދުމަތް ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިކަން ހާމަކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ރާއްޖޭގައި އިންޓަރނޭޝަނަލް ބަންކަރިން ސާވިސް އަންނަ މަހު އަމަލީގޮތުން ފެށޭނެ ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާކުރާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ފުރަތަމަ 12 މަސްދުވަސް ނިމޭ އިރު ޖީޑީޕީއަސް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭހެ ދަރަނި ކުޑަކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގެ އިތުރުންވެސް ބަންކަރިން ހިދުމަތާއެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ, އެމްޕީއެލްގެ ހިދުމަތް ފުޅާވެ ހަރުދަނާވެގެން ދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިއަހަރުގެ މާޗްމަހުގައެވެ.

ރާއްޖޭގައި ބަންކަރިންގ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ޤާއިމްކުރުމަށް ނިންމާފައިވާ ޚާއްސަ އިޤުތިޞާދީ މަޝްރޫޢު ކުރިއަށްގެންދާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ