
މި ވެރިކަމުން ފެނިގެންދަނީ ލޯ އެންޑް އޯޑަރ ހިންގަމުންދާ ދައުލަތެއްގެސިފަތައް - ޝަމްއާން
# މުހައްމަދު ޝަމްއާން# މޯލްޑިވްސް އިމިގްރޭޝަން--
މި ވެރިކަމުން ފެނިގެންދަނީ ލޯ އެންޑް އޯޑަރ ހިންގަމުންދާ ދައުލަތެއްގެސިފަތައް ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ޝަމްއާން މިފަދައިން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ޝަމްއާން ވިދާޅުވީ ޚަބަރު ތަކުން ހުއްޓުމެއް ނެތި ފެނިގެން މިދަނީ "ޤަވާއިދާ ޚިލާފަށް" ކުރާ ނުވަތަ ކޮށްފައިވާ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް ހުރިހާ މުޢައްސަސާ ތަކުން ފިޔަވަޅުތައް އަޅަމުންގެންދާ ހަރުދަނާ މަންޒަރު ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވެރިކަމުގައި ފެނިގެންދަނީ ލޯ އެންޑް އޯޑަރ ހިންގަމުންދާ ދައުލަތެއްގެ ސިފަތައް ކަމަށާއި ރައްޔިތުންތިބީ އުއްމީދުތައް އައު ވެފައި ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން މިފަދައިން ވިދާޅުވި އިރު ޝަމްއާންވެސް ހިމެނިވަޑައިގަންނަވާ ދާހިލީ ވުޒާރާގެ ހޯމްޓީމުގައި ހިމެނޭ ހުރިހާ އިދާރާއަކުން ދަނީ ރާއްޖޭގައި ހުރި އިޖްތިމާއީ އަދި ދުވަސްވީ ދާހިލީ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އިދާރާއަކީ ޝަމްއާން ލީޑް ކުރައްވާ އިމިގްރޭޝަންއެވެ. އިމިގްރޭޝަނުން ދަނީ ރާއްޖޭއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ އަދި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

އަމީނީ މަގުގައި ހިންގަމުންދިޔަ ފިހާރައެއް ރެއިޑްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ރާއްޖޭގެ މަސައްކަތްކުރާ ބިދޭސީން ބޭރަށް ދަތުުރުކުރާ ޕާސްޕޯޓުގައި ސައްޚަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން އެދެފި
.webp&w=3840&q=75)
ވިލިމާލެ ފެރީ ޓަރމިނަލް އާއި ސޯޝަލް ސެންޓަރު ސަރަހައްދުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހައްޔަރަށް!
