
--
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރެއް ކަމުގައި ގާނޫނު ނަމްބަު 5/2019 ( ގާނޫނީ ފަންނުގެ ގާނޫނު ) ގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކުރުމަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އިސްލާހުގައި ވަނީ ބާ ކައުންސިލްގެ އެގްސެކެޓިވް ކެމެޓީގެ އެކުލެވިގެންވާނީ ހަމައެކަނި ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެމްބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަށްޓަކައި ކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ބުޞި އިސްލާހުގެ މައިގަނޑު ބޭނުމަކީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގާނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ބާ ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުންނާން ޖެހެއެވެ.
މީގެ އިތުރުން ބާ ކައުންސިލުގެ ރައީސް އާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ ޤާނޫނީ ވަކީލެއްގެ ކިބައިގައި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނާން ޖެހެއެވެ.
ގުޅުންހުރި
-1763645598717.webp&w=3840&q=75)
ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ
-1736945051293.webp&w=3840&q=75)
އެން.އެމް.އައި.އާރު.އެފް. ގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކާއި ގުޅޭ ބައްދަލުވުންތަކެއް ބާއްވައިފި

އައު ގާނޫނާއި އެކު ގޭންގު އަދި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މައްސަލައަށް ރަނގަޅު ޙައްލުތަކެއް ލިބޭނެ - އުޝާމް





