![އެެޗްޑީސީގެެ އެޕްރެންޓިސްޝިޕް ޕުރޮގްރާމް 6،000ރ. ގެ އެލަވަންސަކާ އެކު](/_next/image?url=%2Fsikundi-content%2Fuploads%2F2020%2F11%2FzdznCDn4UCIyKsaj3CSG.jpeg&w=3840&q=75)
އެެޗްޑީސީގެެ އެޕްރެންޓިސްޝިޕް ޕުރޮގްރާމް 6،000ރ. ގެ އެލަވަންސަކާ އެކު
zdznCDn4UCIyKsaj3CSG
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް 6،000 ރުފިޔާގެ އެލަވަންސެެއް ދިނުމަށް ވަނީ ނިންމާފައެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެޗްޑީސީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އަމަލީ މަސައްކަތްތައް ދަސްކޮށް ދިނުމުގެ އިތުރުން ކްލާސްރޫމް ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަން އިން ވަނީ ހާމަކޮށްފައެވެ. ހަތަރު މަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް މެދުވެރިކޮށް ތަމްރީންކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ގާޑެނިން، މެޝިނަރީ، ވެލްޑިން، އިލެކްޓްރީޝަން، ހެވީވެހިކަލް އޮޕަރޭޓިން އަދި ސައިޓް ސުޕަވައިޒަރ ފޯ ބިލްޑިން އެންޑް ކޮންސްޓަރަކްޝަން ކަމަށް އެެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.
އެޕްރެންޓިސިޝިޕުގައި ބައިވެެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ދޭއްގެ ކޯހެއް ހަދައި ސެޓްފިކެޓް ލިބިފައި ވުން ނުވަތަ އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތަކަށް ވުން ހިމެނޭ އިރު ޕްރޮގްރާމުގައި ބައިވެރިވެވޭނީ 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އެެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެެ.
އެޕްރެންޓިސްޝިޕްގައި ބައިވެރިވާ ފަރާތަތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވާ ވަޒީފާ ދޭނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެެ.