
--
ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭވެސް ވަނީ މާލެ ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރަމުންދިއަ 04 ތަނެއް ބަލާ ފާސްކޮށްފައި ކަމަށެވެ.
އެގޮތުން އެތަންތަނުން ޖުމުލަ 6 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެއީ ބިދޭސީ 5 ފިރިހެނުންނާއި 1 އަންހެނެކެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަތުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެގޮތުން މި އޮޕަރޭޝަން މާލެ އާއި ހުޅުމާލޭގައި ވެސް އިމިގްރޭޝަނުން އަންނަނީ ކުރިޔަށް ގެންދަމުންނެވެ.
ގުޅުންހުރި

މެދުއިރުމަތީގެ ހަނގުރާމަ: ރާއްޖޭއިން ނުފުރި ތާށިވެފައި ތިބި ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2ގައި ޤަވާއިދާ ޚިލާފަށް އުޅުނު 04 ބިދޭސީން ހައްޔަރުކޮށްފި

.gif&w=3840&q=75)



