logoEN
cocacola
އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ގައުމީ ހޭންޑްބޯލް ޒުވާން ޓީމު މިއަދު ފުރައިފި

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ގައުމީ ހޭންޑްބޯލް ޒުވާން ޓީމު މިއަދު ފުރައިފި

ހަސަން ޝަމްއޫން

logo

7/8/2024, 8:25:34 AM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ގައުމީ ޓީމުގެ ކުޅުންތެރިން އިންޑިޔާއަށް ފުރުމުގެ ކުރިން އެއާޕޯޓުގައި.. ފޮޓޯ: މާއު ގްރަފީ

އިންޑިއާގައި ބާއްވާ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ހޭންޑްބޯލް ޓީމުތައް މުބާރާތުގައި ވާދަކުރުމައްޓަކައި އިންޑިއާއަށް ދިއުމަށް މިއަދު ފުރައިފިއެވެ.

ގޮސިޔާ

ޖުލައި މަހު 10-14 އަށް އިންޑިއާގެ ޖެއިޕޫރުގައި ކުރުއަށްދާ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑަރޭޝަން ޓްރޮފީ ޒޯން ދޭއްގައި އީސްޓް އަދި ސައުތު އޭޝިއާ ސަރައްދުން ރާއްޖޭގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ އިތުރުން އިންޑިއާ ވަނީ މިއަހަރު މުބާރާތުގައި ބައިވެރިވެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމާއި, 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ވާދަކުރާއިރު، މިދެ އުމުރުފުރާގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއެކު އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ލީގުބުރުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ.

18 އަހަރުން ދަށުގެ މެޗު ޝެޑިއުލް

ދިވެހިރާއްޖެ - ނޭޕާލް ( 10 ޖުލައި 2024 ) 14:00 ގައި

އިންޑިޔާ - ދިވެހިރާއްޖެ ( 11 ޖުލައި 2024 ) 18:00 ގައި

ބަންގްލަދޭޝް - ދިވެހިރާއްޖެ ( 12 ޖުލައި 2024 ) 14:00 ގައި

ތިންވަނަ ހޮވާ މެޗު ( 13 ޖުލައި 2024 ) 16:00 ގައި

ފައިނަލް މެޗު ( 14 ޖުލައި 2024 ) 16:00 ގައި

20 އަހަރުން ދަށުގެ މެޗު ޝެޑިއުލް

ދިވެހިރާއްޖެ - ނޭޕާލް ( 10 ޖުލައި 2024 ) ގަޑި: 16:00 ގައި

އިންޑިޔާ - ދިވެހިރާއްޖެ ( 11 ޖުލައި 2024 ) ގަޑި: 20:00 ގައި

ބަންގްލަދޭޝް - ދިވެހިރާއްޖެ ( 12 ޖުލައި 2024 ) ގަޑި: 16:00 ގައި

ތިންވަނަ ހޮވާ މެޗު ( 13 ޖުލައި 2024 ) ގަޑި: 18:00 ގައި

ފައިނަލް މެޗު ( 14 ޖުލައި 2024 ) ގަޑި: 18:00 ގައި

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ