logoEN
cocacola
ހުޅުމާލެ ޑްރަގް އޮޕަރޭޝަން: 7 މީހެއްގެ ބަންދަށް 7 ދުވަސް, އެކަކުގެ ބަންދަށް 3 ދުވަސް!

ހުޅުމާލެ ޑްރަގް އޮޕަރޭޝަން: 7 މީހެއްގެ ބަންދަށް 7 ދުވަސް, އެކަކުގެ ބަންދަށް 3 ދުވަސް!

އަހުމަދު ޝުރާއު

logo

5/12/2024, 1:03:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ކްރިމިނަލް ކޯޓު

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމައިފި އެވެ.

ގޮސިޔާ

ފުލުހުންގެ ޑްރަގް އެންފޯސްމެންޓްއިން ހުޅުމާލެ ފޭސް 1 ގައި ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޚާއްސަ އޮަޕަރޭޝަންގައި މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައިވަނީ 8 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އެއް އަންހެނެކެވެ. ފުލުހުން ބުނީ ހައްޔަރުކުރި އެންމެނަކީވެސް ދިވެހިން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލްތައް ހާމަކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަގައި ހައްޔަރުކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 7 މީހެއްގެ ބަންދަށް 7 ދުވަސް ދީފައިވާ ކަމަށެވެ. އަދި އެކަކުގެ ބަންދަށް 3 ދުވަސް ދީފައިވާ ކަމަށެވެ.

ނަމަވެސް 3 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ދިނީ ހައްޔަރުކުރި އަންހެން މީހާއަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ