logoEN
cocacola
އަހަރުގެ މިހާތަނަށް 5 ޑްރަގް ކާޓެލްއެއް ބަންދުކޮށްފިން - ފުލުހުން

އަހަރުގެ މިހާތަނަށް 5 ޑްރަގް ކާޓެލްއެއް ބަންދުކޮށްފިން - ފުލުހުން

އަހުމަދު ޝުރާއު

logo

5/12/2024, 12:51:08 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފުލުހުން މީގެ ކުރިން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް

އަހަރުގެ މިހާތަނަށް ފުލުހުންގެ ހިންގި އޮޕަރޭޝަންތަކުގައި 5 ޑްރަގް ކާޓެލް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން ސިއްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިދިޔަ މަހު ފުލުހުންގެ ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ވިއްކާ ތަންތަން, ނުވަތަ ޑްރާގް ކާޓެލްތަކުގެ ތެރެއިން 2 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިއާއި އެކު އަހަރުގެ މިހާތަނަށް ޖުމުލަ 5 ތަނެއް ބަންދުކޮށްފައިވާކަމަށް ނާފިޒު ވިދާޅުވިއެވެ.

ނާފިޒު އިތުރަށް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން މިދިޔަ މަހު ފުލުހުން މަސްތުވާތަކެތީގެ 12 އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 56 އޮޕަރޭޝަނެއް މިއަަހަރުގެ ތެރޭގައި ކުރިޔަށް ގެންދެވިފައިވާ ކަމަށް ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މަހު ޓޯކުރި 5 އުޅަނދާއި އެކު އަހަރުގެ މިހާތަނަށް 13 އުޅަނދެއް ޓޯވް ކޮށްފައިވާ ކަން ނާފިޒު ފާހަގަކުރެއްވި އެވެ.

މި އޮޕަރޭޝަންތަކުގައ ތެރެއިން މިދިޔަ މަހު 70 ދިވެހިން ހައްޔަރުކުރި އިރު 7 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި އެވެ. އަދި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 260 ދިވެހިންގެ އިތުރުން 16 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައި އެވެ.

ފުލުހުން ވަނީ އަހަރު މިހާތަނަށް 19.2 ކިލީގެ މަސްތުވާތަކެތި އަތުލައިގެންފައި އެވެ. ނާފިޒު ވިދާޅުވީ މި މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ 104 މިލިއަން ރުފިޔާގައި ކަމަށެވެ.

ނާފިޒު ވަނީ ޕީޖީއަށް މިހާތަނަށް ފޮނުވުނު މައްސަލަތަކުގެ އަދަދުވެސް ހާމަކުރައްވާފައި އެވެ. އެގޮތުން އަހަރުގެ މިހާތަނަށް 254 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ އިރު 95 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވާފައިވާކަން ނާފިޒު ހާމަކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް ކަމާބެހޭ ވުޒާރާތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައީސްގެ 5 އަހަރުގެ ތެރޭގައި ރާއްޖެއިން މަސްތުވާތަކެތީގެ ވަބާއެއްކޮށް ނައްތާލުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ