logoEN
cocacola
ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ - މެޓް

ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ - މެޓް

# މޫސުން

--

ކުރިއަށް އޮތް ހަތަރު މަހުވެސް ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ގޮސިޔާ

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ, 2024 ވަނަ އަހަރުގެ ޖޫނ،ް ޖުލައ،ި އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ނިމުތު ކުރެވޭ ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ, ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށެވެ.

ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސ،ް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން މިހާރު ހުރީ 44 ޑިގްރީ ސެލްސިއަސްގައި ކަމަށް އެއިދާރާއިން އާއްމުކުރާ މައުލޫމާތުން ދައްކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ