
ދިފާއީ ގުޅުންތައް ވަރުގަދަކުރުމަށް އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާރޑްސްއާއެކު މަޝްވަރާކޮށްފި
# ރާއްޖެ - އެމެރިކާމިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫން އާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓަންޓް ޖެނެރަލް މޭޖަރ ޖެނެރަލް ޖޯން ޕީޓަރ ހޮނެކް އާއި އޭނާގެ ޓީމާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުން
ރާއްޖެއާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާރޑްސްއާއި ދެމެދު ދިފާއީ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ޑިފެންސް ޣައްސާން މައުމޫން އާއި އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓަންޓް ޖެނެރަލް މޭޖަރ ޖެނެރަލް ޖޯން ޕީޓަރ ހޮނެކް އާއި އޭނާގެ ޓީމާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.
އެގޮތުން މި ބައްދަލުވުމުގައި ވަނީ ، ރާއްޖޭގެ ދިފާޢީ ދާއިރާއާއި މޮންޓާނާ ނޭޝަނަލް ގާރޑްސްއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައި އެވެ.
އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްގެ އެޑްޖުޓަންޓް ޖެނެރަލް މޭޖަރ ޖެނެރަލް ޖޯން ޕީޓަރ ހޮނެކް ރާއްޖެއަށް ކުރައްވަމުން އަންނަ ޒިޔާރާތަކީ ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން ފެށުމަށްޓަކައި ރާއްޖެއަށް ކުރައްވަމުން އަންނަ ދަތުރުފުޅެކެވެ.
މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ވަނީ ހަަމަޖެހިފައެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައެވެ.
ގުޅުންހުރި

އެމެރިކާގެ އެހީގައި ދިވެހިރާއްޖޭގައި ހަކަތައިގެ މަޝްރޫޢެއް ފެށުމަށް އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފި

ޓްރަމްޕު އަވަހާރަކޮށްލަން ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނަށް ޑިޖިޓަލް ފުރުސަތުތައް ފަހިކުރުމަށް އެމެރިކާއާއިއެކު މަޝްވަރާކޮށްފި
