logoEN
cocacola
ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭ - ސަރުކާރު

ފުށިދިއްގަރުފަޅުގެ މަސައްކަތް ނުހުއްޓޭ - ސަރުކާރު

އަލްފާ އަލީ

logo

4/28/2024, 11:14:46 AM

# ފުށިދިއްގަރުފަޅު# ރައީސް އޮފީސް

--

ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނުހުއްޓޭކަމަށާއި، އެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިގޮތަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވިދާޅުވީ, ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢު ނުހުއްޓި ކުރިއަށްދާކަމަށެވެ. އެގޮތުން އެ މަޝްރޫޢާ ގުޅިގެން ކުރިއަށްގެންދަންޖެހޭ އީ.އައި.އޭއާއި، ޑިޒައިންކުރުމާއި އެނޫންވެސް ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށް ހީނާ ވިދާޅުވިއެވެ.

"ފުށިދިއްގަރުފަޅު މަޝްރޫޢު ނުހުއްޓޭ. ތިބޭފުޅުންނަށް ހިއްކުމުގެ މަސައްކަތް ނުފެނުނަމަވެސް އެމަޝްރޫޢާގުޅޭ މަސައްކަތްތައް އެބަކުރިއަށްދޭ. ރައީސް ވިދާޅުވި ތާރީޚަށް މަޝްރޫޢު ކުރިއަށްދާނެ." ހީނާ ވަލީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅުތަކުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި މި ސަރުކާރުން ކުރަމުންދާކަމަށާއި، އޭގެ ތެރޭގައި އެކި މަރުހަލާތަކުގައި މަޑުޖެހިފައި ހުރި މަޝްރޫޢުތަކާއި ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ 18 ޑިސެމްބަރު 2023 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ