
----
ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެެވެ.

އެޗްޑީސީއިން ބުނީ ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓްރީއާއި އާއިއެކު އެ ކޯޕަރޭޝަނުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މިކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އެޗްޑީސީ ގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
އެޗްޑީސީއިން ބުނީ މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝަރޫއެއް ކަމަށެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސް ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
ގުޅުންހުރި

ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި

ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމަށް އެޗްޑީސީއާއި ހަވާލުކޮށްފި





