logoEN
cocacola
މާލޭގެ މަގުތަކަށް ކުނި ނުނެރުމަށާއި, ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮފި

މާލޭގެ މަގުތަކަށް ކުނި ނުނެރުމަށާއި, ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް އިލްތިމާސްކޮފި

އައިޝަތު އިފާޝާ

logo

4/13/2024, 3:35:48 PM

# މޫސުން

މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން ހަރަކާތްތެރިވަނީ

މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ގޮސިޔާ

ފުލުހުން ބުނީ, ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ, ބައެއް ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުންދާތީ, މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން, މަގުތަމަށް ކުނި ނުނެރުމަށާއި, ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި މާލެއަާށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެެއް ރަށްތަކުގައިވެސް ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެެވެ.

އެގޮތުން މާލޭގެ އިތުރުން މިހާތަނަށް ފެންބޮޑުވުމުގެ ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ށ ފީވަކާއި, ށ ފޯކައިދޫންނެވެ. އެގޮތުން ފީވަކުގެ 20 ގެއަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓުކޮށްފައިވާއިރު, ފޯކައިދޫގެ 3 ގެއަކަށް ފެންވަދެފައިވާކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި މިހާތަނަށް މާލެއިން ފެންބޮޑުވެގެން 85 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެތެރެއިން އުޅެން ދަތިވާވަރަށް ފެންބޮޑުވި ކަމަށް ރިޕޯރޓްކޮށްފައިވާ 7 ތަނެއްގެ ރެޕިޑް އެސެސްމަންޓް ހެދުން މޯލްޑިވިއަން ރެޑްކްރެސެންޓްގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށާއި، މިހާތަނަށް 41 ގެއެއްގައި 241 ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ