logoEN
cocacola
ހުޅުމާލެ ފޭސް 2ގެ މޫދަށް އެރުނު މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް 2ގެ މޫދަށް އެރުނު މީހަކު ގެއްލިގެން ހޯދަނީ

އަހުމަދު ޝުރާއު

logo

4/12/2024, 7:04:15 PM

# ފުލުހުން

ގެއްލިގެން ހޯދަމުން އަންނަ ޝިހާން

ހުޅުމާލެ ފޭސް 2 ގެ މޫދު ސަރަހައްދަށް އެރުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގޮސިޔާ

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓުތަކާއި ދިމާ މޫދަށް ފޭބި މީހަކު ހަބަރެއް ނުވެގެން 21:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބުމައި އެކު އެމްއެންޑީއެފް އަދި މެރިން ޕޮލިސްއަށް މި މައުލޫމާތު ހިއްސާކޮށް މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ފުލުހުން ހާމަކުރި އެވެ.

އެގޮތުން ގެއްލިގެން ހޯދަމުން ދަނީ ޏ ފުވައްމުލައް, ދޫޑިގަން, ނިއުވެލީ އުމުރުން 37 އަހަރުގެ އިބްރާހިމް ޝާހިން އެވެ. ފުލުހުން ބުނީ އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ސްވިމިންގ ސޫޓެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ