logoEN
cocacola
ސިޔާސީގޮތުން ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އަބްދުއްރަހީމް - ރައީސް

ސިޔާސީގޮތުން ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އަބްދުއްރަހީމް - ރައީސް

އަހުމަދު ޝުރާއު

logo

4/6/2024, 7:21:26 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)# ރައީސް މުއިއްޒު

ރައީސް މުއިއްޒު އާއި އަދުރޭ

ސިޔާސީ މައިދާނުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ މިހާރު ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަބްދުالله އަބްދުއްރަހީމް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާލުވީ ލ ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށްވެސް ވާދަކުރައްވާ އަބްދުއްރަހީމްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ސިފަތައް ހުންނެވި އެއް ކެންޑިޑެޓަކީ އަބްދުއްރަހީމް ކަމަށާއި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަނިކުފާނުގެ 100 ޕަސެންޓް ތާއިދުއޮތް ކެންޑިޑޭޓަކީ މީގެ ކުރިންވެސް އެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަބްދުއްރަހީމް ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީވެސް އަދި އެންމެ ގާތުގައިވެސް ހުންނެވީ އަބްދުއްރަހީމް ކަން ރައީސް ހާމަކުރެއްވި އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވިޔަސް އޭގެ ފަހުންވެސްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް އަދި އެންމެ ފަހުރުވެރިޔާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް ކަން ފާހަގަކުރައްވައި ރައީސް ވިދަޅުވީ އެމަނިކުފާނު ފޮނަދޫގެ މަޖިލިސް ގޮނޑިއަށް ހޮވައިދިނުމަކީ އެދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ކޮށްދެވޭ ކަމަކަށްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދާއިރާއަށް ބޭނުންވާ ތަރައްގީ ހޯދޭނީ އަބްދުއްރަހީމް އިންތިހާބުކޮށްގެން ކަމަށާއި އުއްމީދަކީ ފޮނަދޫ ދާއިރާއިން ފުރިހަމަ އަގުލަބިއްޔަތަކުން އަބްދުއްރަހީމް އިންތިހާބުކޮށް ދިނުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ