logoEN
cocacola
ފަންކާތައް ވަގަށްނެގި މީހާގެ ބަންދަށް 15 ދުވަސް, މިސްކިތްތަކުން ފެންމޯޓަރުވެސް ވަގަށް ނަގާކަމުގެ ތުހުމަތު!

ފަންކާތައް ވަގަށްނެގި މީހާގެ ބަންދަށް 15 ދުވަސް, މިސްކިތްތަކުން ފެންމޯޓަރުވެސް ވަގަށް ނަގާކަމުގެ ތުހުމަތު!

އަހުމަދު ޝުރާއު

logo

4/2/2024, 7:42:02 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފަންކާތައް ވަގަށް ނަގާ މީހާ

މާލޭގެ މިސްކިތްތަކުން ފަންކާ ވަގަށް ނަގާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެކި މިސްކިތްތަކުން ފަންކާ ވަގަށްނަގާ ކަމުގެ ތުހުމަތު 1 އޭޕްރިލްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް ކުށުގެ ވެށިން ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މައްސަލައިގެ ތަހުގީގު ތެރެއިން ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް މިހާރު ފުލުހުން ހޯދާފައިވާ ކަމަށާއި އެކި ދުވަސްމަތިން ކުރެވުނު މަސައްކަތުން 6 ފަންކާއެއް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހޯމަ ދުވަުހު ކޯޓަށް ހާޒިރުކުރުން އޭނާގެ ބަންދަށް ކޯޓުން ދީފައިވަނީ 15 ދުވަސްކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކީ މާލޭގެ މިސްކިއްތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައިވެސް ތުހުމަތު ކުރެވޭ މީހާކަން އޮފިޝަލް ހާމަކުރެއްވި އެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު މިސްކިތްތަކުން ފަންކާ ވަގަށް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ހާމަކޮށްފައި އެވެ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ