logoEN
Sto top
އިމިގްރޭޝަންގެ އިމުގާ ޕޯޓަލްއަށް ބުރޫ އަރައިފި

އިމިގްރޭޝަންގެ އިމުގާ ޕޯޓަލްއަށް ބުރޫ އަރައިފި

އަހުމަދު ޝުރާއު

logo

3/29/2024, 6:55:08 PM

# މޯލްޑިވްސް އިމިގްރޭޝަން

އިމުގާ

މޯލްޑިވްސް އިމްގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" ގެ ހިދުމަތަށް ބުރޫއަރައިފި އެވެ.

Wamco

އިމިރޭޝަނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އެއިދާރާއިން ބުނީ އިމުގާ ޕޯޓަލްއަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވަމުންދާތީ ވެބްސައިޓަށް ވަނުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

މިއާއި އެކު ޕޯޓަލްގެ ހިދުމަތް ރަނގަޅުކުރެވެންދެން އެއާޕޯޓުގައި ތިބި އިމިގްރޭޝަން އޮފިސަރުން އެ ގައުމަށް އެތެރެވާ އަދި ބޭރަށް ދާ ބޭރުގެ ދަތުރުވެރިންނަށް "ޓްރެވެލާ ޑިކްލަރޭޝަން" ފޯމް ފުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައި އެވެ.

View post on Twitter

އިމުގާ ޕޯޓަލްއަށް ދިމާވި މައްސަލަ އަވަހަށް ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އިމްގްރޭޝަނުން ވަނީ މާފަށް އެދިފައި އެވެ.

ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ‘ޓްރެވެލަރ ޑެކްލަރޭޝަން’ ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް މިދިޔަ އަހަރުގެ ފަހު ކޮޅު ސަރުކާރުން ވަނީ ހަމަޖައްސާފައި އެވެ. މިހާރު ‘ޓްރެވެލަރ ޑެކްލަރޭޝަން ފޯމު އިމުގާ މެދުވެރިކޮަށް ފުރިހަމަކުރަން ޖެހޭނީ ފަތުރުވެރިން އެކަންޏެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside