logoEN
cocacola
މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނު މިން 44 ޑިގްރީގައި

މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނު މިން 44 ޑިގްރީގައި

އަލްފާ އަލީ

logo

3/22/2024, 9:59:41 AM

# މޫސުން

-

މިއަދު މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީއަށްވުރެ މައްޗަށް ޖެހިލައިފި އެވެ.

ގޮސިޔާ

މޫސުމާބެހޭ ގައުމީ އިދާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަދު މެންދުރު 2:00 ގައި މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނުމިން ރެކޯޑްކުރެވިފައިވަނީ 44.3 ޑިގްރީގައެވެ. ދެން އެންމެ ހޫނު ގަދަ ކަމަށް ރެކޯޑްކުރެވިފައިވަނީ ހަނިމާދޫއަށެވެ. އެގޮތުން ހަނިމާދޫގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.4 ޑިގްރީގައެވެ.

ކާޑެއްދޫގެ އިހުސާސްކުރެވޭ ފިނިހޫނުމިން 38.3 ޑިގްރީގައި ހުރި އިރު، އައްޑޫސިޓީ ގަމުގެ ފިނިހޫނުމިން ހުރީ 39.1 ޑިގްރީގައި އެވެ. އަދި ކައްދޫގެ އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 39.6 ޑިގްރީގައެވެ.

ހޫނު މޫސުމުގައި ވައިގެ ތެތްކަން މަތިވުމުން ފިނިކަން އިހުސާސްވާވަރު ކުޑަވާނެއެވެ. އަދި ބޮޑަށް އިހުސާސް ކުރެވިގެން ދާނީ ހޫނުކަމެވެ. މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މި އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ބުނެފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ