logoEN
Sto top
އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލްފާ އަލީ

logo

3/21/2024, 11:15:00 AM

# އިސްލާމިކް މިނިސްޓްރީ# ރ. އަލިފުށި

-

މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

Wamco

އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަޙުމާން މޫސާއާއި ދެމެދު މިއަދު އެވެ.

މި އެއްބަސްވުމަކީ މާޅޮސްމަޑުލު އުތުރުބުރި އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ވަގުފް އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަން ބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަޖައްސައިދޭނެ ކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC