logoEN
cocacola
މުޅި ރާއްޖޭގައި އިހުސާސްކުރެވޭ ހޫނު މިން 40 ޑިގްރީއަށްވުރެ މަތީގައި!

މުޅި ރާއްޖޭގައި އިހުސާސްކުރެވޭ ހޫނު މިން 40 ޑިގްރީއަށްވުރެ މަތީގައި!

އަލްފާ އަލީ

logo

3/16/2024, 10:08:01 AM

# މޫސުން

-

މިއަދު މުޅި ރާއްޖޭގައި އިހުސާސްކުރެވޭ ހޫނު މިން 40 ޑިގްރީއަށްވުރެ މަތިވެފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގޮސިޔާ

މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މެންދުރު 2:00 ގައި ހަނިމާދޫގެ ފިނިހޫނުމިން ހުރީ 32.5 ޑިގްރީގައެވެ. އަދި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.7 ޑިގްރީގައެވެ.

ކާޑެއްދޫގެ ފިނިހޫނު މިން ރެކޯޑްކުރެވިފައިވަނީ 31.5 ޑިގްރީގައެވެ. އަދި އިހުސާސްކުރެވޭ ހޫނު މިން ހުރީ 40 ޑިގްރީގައެވެ. މިއަދު އެންމެ ހޫނު ގަދަ ކަމަށް ރެކޯޑްކުރެވިފައިވަނީ ލ. ކައްދޫ، ސ. ގަން އަދި މާލެ އެވެ.

މިއަދު މެންދުރު 2:00 ގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކައްދޫގެ ފިނިހޫނުމިން ހުރީ 31.8 ޑިގްރީގައެވެ. އަދި އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.3 ޑިގްރީގައެވެ. ސ. ގަމުގެ ފިނިހޫނުމިން 32.2 ޑިގްރީގައި ހުރި އިރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.6 ޑިގްރީގައެވެ.

މިއަދު އެންމެ ހޫނު ގަދަވި ސަރަހައްދެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ މާލެ ސަރަހައްދެވެ. އެގޮތުން މާލެ ސަރަހައްދުގެ ފިނުހޫނުމިން 33 ޑިގްރީގައި ހުރި އިރު އިހުސާސްކުރެވޭ ހޫނުމިން 43 ޑިގްރީގައި ހުރިކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ހޫނު މޫސުމުގައި ވައިގެ ތެތްކަން މަތިވުމުން ފިނިކަން އިހުސާސްވާވަރު ކުޑަވާނެއެވެ. އަދި ބޮޑަށް އިހުސާސް ކުރެވިގެން ދާނީ ހޫނުކަމެވެ. މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މި އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ބުނެފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ