logoEN
cocacola
ޕިލިޕީންސްގައި ހިންގަމުންދިޔަ "ލަވް ސްކޭމް ސެންޓަރ" އަކުން 600 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފި

ޕިލިޕީންސްގައި ހިންގަމުންދިޔަ "ލަވް ސްކޭމް ސެންޓަރ" އަކުން 600 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފި

އައިޝަތު އިފާޝާ

logo

3/14/2024, 3:55:19 PM

# ސްކޭމް

ފިލިޕީންސްގެ ފުލުހުން ހިންގި އޮޕަރޭޝަންގައި ސަލާމަތްކޮށްފައިވާ ބައެއް މީހުން

ފިލިޕީންސްގައި އޮންލައިންކޮށް ލޯބީގެ މަޅީގައި އެހެން މީހުން ޖެއްސުމުގެ މަސައްކަތް ކުރަމުންދިޔަ ސެންޓަރަކުން އެތައް ސަތޭކަ ބަޔަކު ސަލާމަތްކޮށްފިއެވެ.

ގޮސިޔާ

ފިލިޕީންސްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެ ސެންޓަރު ބަލައި ފާސްކޮށް, ފިލިޕީންސް އަށް ނިސްބަތްވާ 383 މީހަކާއި, ޗައިނާގެ 202 މީހަކާއި, އެގައުމުން ބޭރުގެ ގައުމުގެ ތަކުގެ އިތުރު 73 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މެނީލާގެ އުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގައި ހިންގަމުންދިޔަ މި މަރުކަޒަކީ އޮންލައިންކޮށް ސްކޭމް ޖައްސައި މީހުންގެ އަތުން ފައިސާ ފޭރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ބައެއް ކަމަށެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ސެންޓަރަށް ރެއިޑެއް ޖަހާފައިވަނީ އެސެންޓަރުން ފިލައިގެން ދިޔަ ވިއެޓްނާމްގެ ފިރިހެނަކު ދިން މައުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

އުމުރުން 30 އަހަރުގެ އެމީހާ ފިލިޕީންސް އަށް ދިޔައީ ކައްކާއެއްގެ ވަޒީފާއެއް ދޭނެ ކަމަށް ބުނެ ބައެއްގެ ހުށަހެޅުމަކުން ކަމަށް އެގައުމުގެ އޮގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރާ ރިޔާސީ ކޮމިޝަންގެ ތަރުޖަމާނު ވިންސްޓަން ކަސިއޯ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އެހެން އެތައް ސަތޭކަ މީހުންނެކޭ އެއްފަދައިން ކްރިޕްޓޯކަރަންސީ އާއި ލޯބީގެ މަޅީގައި މީހުން ޖެއްސުން ފަދަ ސްކޭމްތައް ހިންގާ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް އޭނާ ވެފައިވާ ކަން އެނގުނެވެ.

އަދި އެމީހުންގެ ކިބައިން އޭނާ ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ސަލާމަތްވެ ކޯރެއް ހުރަސްކޮށް ދަނޑުވެރިކަން ކުރާ ބައެއްގެ ކިބައިން ހިމާޔަތް ހޯދާފައެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅީ ދަނޑުވެރިކަން ކުރާ ފަރާތުންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އަހަރުގެ މެއި މަހުވެސް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މެނީލާގެ އުތުރުގައި އޮންނަ ކްލާކްގެ ފްރީޕޯޓް ޒޯނެއްގެ ތެރޭގައި ބަންދުކޮށްފައި ތިބި 1,000 އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައެވެ. މި މީހުންނަކީވެސް އޮންލައިންކޮށް ސްކޭމްތައް ހިންގުމަށް ގެންގުޅުނު ބައެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ