logoEN
cocacola
ރަމަޟާން މަހަށް ހަމަލާތައް މެދުކަނޑާލަން އެމެރިކާއިން އިޒްރޭލަށް ގޮވާލައިފި

ރަމަޟާން މަހަށް ހަމަލާތައް މެދުކަނޑާލަން އެމެރިކާއިން އިޒްރޭލަށް ގޮވާލައިފި

އަހުމަދު ޝުރާއު

logo

3/12/2024, 7:25:20 PM

# ޣައްޒާ# އެމެރިކާ# ފަލަސްތީން - އިސްރާއިލް

ގައްޒާގައި ރޯދަވީއްލުން

ޔަހޫދީން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ރަމަޟާން މަހަށް ހުއްޓާލުމަށް އެމެރިކާއިން ގޮވާލައިފި އެވެ.

ގޮސިޔާ

އެމެރިކާ ސަރުކާރުގެ ފަރާތުން މިކަމަށް ގޮވާލެއްވީ އެގައުމުގެ ސެކެޓްރީ އޮފް ސްޓޭޓް ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވުމަށް ދެއްވި ސްޓޭޓްމެންޓެއްގައި އެވެެ.

އެގޮތުން ބްލިންކަން ވަނީ ޣައްޒާގައި މަދުވެގެން ހަ ހަފުތާވަންދެން ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލައްވާފައި އެވެ.

ޣައްޒާގެ އިންސާނީ ޙާލަތަކީ ހިތާމަވެރި ޙާލަތެއް. ޣައްޒާއަށް އިތުރު އެހީފޯރުކޮށްދޭއިރު، ރަހީނުކޮށްފައިވަ މީހުން ދޫކޮށްލާ އެއްބަސްވުމެއްގެ ދަށުން މަދުވެގެން ހަ ހަފުތާވަންދެން ވަގުތުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ހުއްޓުމެއް ނެތި މަސައްކަތް އެމެރިކާއިން ކުރަމުން ގެންދާނެ،" ބިލިންކަން ގެ ބަޔާނުގައި ވިދާޅުވި އެވެ.

އެމެރިކާއިން މިފަދައިން ބުނި އިރު ޔަހޫދީ އިޒްރޭލަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމަކީ އެމެރިކާއެވެެ. އެގޮތުން އެމެރިކާއިން އަންނަނީ ހުއްޓުމެއްނެތި ހަނގުރާމައަށް ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 30,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަދި ރަމަޟާން މަސް ފެށިގެން ދިޔައިރުވެސް ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން އެހީތައް ވެއްދުމަށް ދެކޮޅު ހަދައި ފިއްތުންތައް ކުރިމަތިކޮށް ހުރަސް އަޅާފައި އެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ