logoEN
cocacola
އިންޑިއާ ކަނޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެންފި

އިންޑިއާ ކަނޑުން އަނެއްކާވެސް ގިނަ އަދަދެއްގެ ޑްރަގް އަތުލައިގެންފި

އައިޝަތު އިފާޝާ

logo

3/12/2024, 12:12:09 PM

# މަސްތުވާތަކެތި# އިންޑިއާ

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހުންނާ އެކީ އިންޑިއާގެ ސިފައިން

އިންޑިއާ ކަނޑުން ދަތުރުކުރަމުންދިޔަ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޕާކިސްތާނަށް ނިސްބަތްވާ 6 މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

މި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ, އިންޑިއާގެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއާއި އިންޑިއާގެ ކޯސްޓްގާޑާއި ގުޖުރާތު އެންޓި ޓެރަރިޒަމް ސްކޮޑް ގެ އޮފިޝަލުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެ ބޯޓު ހިފާފައިވަނީ އިންޑިއާގެ ސަރަހައްދަށް ވަނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށްވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެބޯޓަކީ އިންޑިއާއަށް ނިސްބަތްވާ ބޯޓެއް ކަމަށާއި, އެ މަސްތުވާތަކެއްޗަކީ ދިއްލީއާއި ޕަންޖާބަށް ގެންދަން މަސައްކަތް ކުރި ތަކެތި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިއީ ފާއިތުވި 30 ދުވަހުގެ ތެރޭގައި ގުޖުރާތުގެ އައްސޭރިފަށުން އަތުލައިގަތް މަސްތުވާތަކެތީގެ ދެވަނަ ބޮޑު ޝިޕްމަންޓެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ގުޖުރާތުގެ އައްސޭރިފަށުން ޕާކިސްތާނުގެ ފަޅުވެރިން ކަމަށް ޝައްކު ކުރެވޭ ބަޔަކު ތިބި ބޯޓެއްގެ ތެރެއިން 3،300 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

މި މަސްތުވާތަކެތީގެ ބައިނަލްއަގުވާމީ ބާޒާރުގެ އަގު 2،000 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރަ އެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ