
IMG_2904
ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން މިވަގުތު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އަކްޝޭ އާއި އޭނާގެ އަންހެނުން ޓުވިންކަލް ކަންނާ ރާއްޖެއަށް އައީ އެމީހުންގެ ދެ ކުދީން ނިތާރާ އާއި އާރަވް އާ އެކީގައެވެ. އަދި ޗުއްޓީގެ ބައެއް ފޮޓޯއާއި ވީޑިއޯތަށް އަކްޝޭއާއި އޭނާގެ އަންހެނުން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި އެވެ.
އަކްޝޭގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓު އޭނާ އާންމުކޮށްފައި ނުވެއެވެ. އަކްޝޭ ކުމާރް އާއި ޓުއިންކަލް ހައްނާ ރާއްޖޭގައި މިހާރު ހޭދަކުރަމުންދީ ޗުއްޓީގެ އެންމެ ފަހުގެ ދުވަސްތަށް ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓަކަށް މިހާރު ވެފައިވަނީ އިންޑިއާއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މިދިޔަ އަހަރު އަދި މި ހިނގާ އަހަރު ވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އެއް ގައުމަކީ އިންޑިއާ އެވެ. އަދި ޙާއްސަކޮށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަންނަނީ މިހާރުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.