
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސައިދޭނަން - ރައީސް
# ރައީސް މުއިއްޒު# ހދ. ނެއްލައިދޫރައީސް ނެއްލައިދޫ ކައުންސިލާއި ބައްދަލުކުރެއްވުން
ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލުން އެރަށް ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
އެކިކަހަލަ މަސައްކަތްތައް ކުރާ މަސައްކަތްތެރިންނަށް އެމީހުން އެކުރާ މަސައްކަތަކުން އާމުދަނީ ހޯދޭނެ ވަސީލަތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަ ކުރައްވައި، އެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މަސްވެރިކަމުގެ ދާއިރާއާއި އެހެންވެސް ފަންނުވެރި ދާއިރާތަކުގެ އުފެއްދުންތައް ވިއްކާނެ ޕްލެޓްފޯމެއް ގާއިމު ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ އަތޮޅާއި އަދި މުޅި އުތުރުގެ ހަތަރު އަތޮޅަށްވެސް އެންމެ މުހިންމު ކަމަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީވެގެން އަންނައިރު ޚާއްސަކޮށް ހދ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ނެއްލައިދޫގެ ރައްޔިތުން ބޭނުންވާގޮތަށް، އެރަށުގައި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، އަދި ބިނާރުގެ ތަރައްޤީއަށް ހުރި ކަންކަންވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ކެނެޑާގެ އާ ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ!

ވިދިވިދިގެން އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވުމުގެ ރެކޯޑާއެކު މޯދީއަށް، ރައީސް ޑރ. މުޢިއްޒުގެ މަރުޙަބާ!

ރައީސްއާ ގުޅުވައި ޝަމްއާން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް - ސަރުކާރު




