logoEN
cocacola
އިންޑިއާގައި ބަރަހަނާ މަންޒަރު ބެލި ދަރިފުޅަށް ޒަހަރުދީ މަރާލައިފި

އިންޑިއާގައި ބަރަހަނާ މަންޒަރު ބެލި ދަރިފުޅަށް ޒަހަރުދީ މަރާލައިފި

އައިޝަތު އިފާޝާ

logo

2/1/2024, 3:49:18 PM

ވިޖޭއާއި އޭނާގެެ ދަރިފުޅު

އިންޑިއާގެ މަހާރާޝްތުރާގެ ސޯލާޕޫރުގައި ބައްޕައަކު އޭނާގެ އުމުރުން 14 އަހަރުގެ ދަރިފުޅަށް ޒަހަރު ދީ މަރާލައިފިއެެވ.

ގޮސިޔާ

އިންޑިއާގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުއްޖާ މަރާލީ އޭނާގެ ފޯނުން ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމުތައް ބަލަމުންދާތީއާއި, ސްކޫލުން އެކުއްޖާއާ ގުޅޭގޮތުން އެފަދަ ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ވިޖޭ ބައްޓޫ ނަމަކަށް ކިޔާ މީހަކީ ޓެއިލަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި އޭނާގެ އަންހެނުންނާއި ދެ ދަރިންނާއެކު ސޯލާޕޫރު ސިޓީގައި ދިރިއުޅެމުން ދިޔަ މީހެކެވެ.

އޭނާ ވަނީ ދަރިފުޅު މަރާލިކަން އޭނާގެ އަންހެނުންނާއި ފުލުހުންނަށްވެސް އެންމެ ފުރަތަަމަ ސިއްރުކޮށްފައެވެ. އަދި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އޭނާގެ އަންހެނުންނާއެކު ޕޮލިސް ސްޓޭޝަނަށް ގޮސް ދަރިފުޅު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ވަނީ ކޮށްފައެވެ.

އެރިޕޯޓާއި ގުޅިގެން އެ މައްސަލަ ރަޖިސްޓްރީކޮށްފުލުހުން ތަހުގީގު ފެށިއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން ފުލުހުންނަށް އެކުއްޖާގެ ހަށިގަނޑު ވަނީ އެމީހުން ދިރިއުޅޭ ގެ ކައިރީގައި ހުރި ޖަންކްޝަނެއްގެ ތެރެއިން ފެނިފައެވެ.

އަދި އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ މަރާލާފައިވަނީ ޒަހަރު ދީގެންކަން އެނގުމުން ފުލުހުން ވަނީ މަރުގެ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަން ފަށައި, އާއިލާއާއި އަވަށްޓެރިންނާ ސުވާލު ކުރަން ފަށާފައެވެ.

ތަހުގީގުގައި އެކުއްޖާގެ ބައްޕަ ވިޖޭ ދިން މައުލޫމާތު ތަކުގައި ފުށުއެރުންތަކެއް ހުރިކަން ފުލުހުންނަށް ފާހަގަކުރެވުނެވެ.

އަދި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވިޖޭ ވަނީ އޭނާގެ އަނބިމީހާގެ ގާތުގައި ދަރިފުޅު މަރާލިކަމަށް އިއުތިރާފުވެފައެވެ. ވިޖޭ ބުނީ ވިޝާލްގެ ސްކޫލުން އެހެން ދަރިވަރުންނަށް އުނދަގޫ ކުރުމާއި ކިޔެވުމަށް ސަލާމުކަން ނުދޭކަމުގެ ޝަކުވާތައް ލިބުނު ކަމަށެވެ.

އަދި ސްކޫލްގައި ދަރިފުޅުގެ އަމަލުތަކާއި ގޭގައި ބަރަހަނާ މަންޒަރު އެކުލެވޭ ފިލްމުތައް ބަލަމުންދާ މައްސަލައާ ގުޅިގެން ވިޖޭ ހުރީ ވަރަށް ބޮޑަށް އެކަމާ ރުޅިއައިސްފައެވެ.

އެގޮތުން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ވިޖޭ ވަނީ އޭނާގެ ދަރިފުޅު ވިޝާލް ގޮވައިގެން ސައިކަލުން ގޮސް ޒަހަރު އަޅާފައިވާ ބުއިމެއް އޭނާއަށް ދީފައެވެ. އަދި ވިޝާލް މަރުވުމުން ވިޖޭ ވަނީ އޭނާގެ ހަށިގަނޑު އެމީހުންގެ ގެކައިރީ ހުރި ޖަންކްޝަން ވަޅަކަށް ވައްޓާލާފައެވެ.

ވިޖޭ އެވާހަކަތައް ކިޔައިދިނުމުން. އޭނާގެ އަނބިމީހާ ވަނީ ފުލުހުންނަށް އެ މައުލޫމާތުތައް ދީފައެވެ. އެއާ ގުޅިގެން ފުލުހުން ވަނީ ޖެނުއަރީ 29 ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ