
ރައީސްގެ އަމާޒަކީ މަޖިލީހުގެ 62 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ކާމިޔާބުކުރުން
# ރައީސް މުއިއްޒު# މަޖިލިސް 24# މަޖިލިސް ޕްރައިމަރީ# ޕީޕީއެމް/ޕީއެންސީޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާގޮތް އެ ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްލަވާލައްވާފައި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 62 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގެ ކަންކަން ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށް މިއަދު ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ، މަޖިލިހުގެ 62 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ނަގާނީ ރައްޔިތުންގެ ތާއީދާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އެ ހިސާބަށް މަސައްކަތް ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ދާ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންތައްތައް ފަށާފައިވަނީ މިއަދު ހެނދުނު 10:00 ގައެވެ. އަދި ވޯތުގެ ކަންކަން ހަވީރު 17:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.
ގުޅުންހުރި

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫއޭއީގެ އުމް އަލް ޤުވައިންގެ ޝައުގުވެރިކަން!

ސިންގަޕޫރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޮޑުވަޒީރު ލޯރެންސަށް ރައީސްގެ މަރުހަބާ!

ހުޅުމާލެ ފޭސް 3 ގައި ތަރައްޤީކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ބިންގާއަޅައިފި
