logoEN
Sto top
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔުގަންޑާއަށް

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔުގަންޑާއަށް

އައިޝަތު އިފާޝާ

logo

1/18/2024, 4:09:10 PM

337828_af2418c0-7_

ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރޭ ފުރާވަޑައިގެންފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދެސަމިޓުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ ނާމްގެ މެންބަރު ޤައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ޤައުމެކެވެ.

ދިވެހިރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިންމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ޚާއްސަގޮތެއްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރުމާއި އެޤައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް އެޖަމާޢަތުގެ ތެރެއިން އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside