logoEN
ކޮކާކޯލާ
މީސްމީޑިއާގައި ވަގު އައިޑީ ހަދައިގެން މީހުންގެ އަބުރު ކަތިލުން ސަޅިއެއްނޫން!

މީސްމީޑިއާގައި ވަގު އައިޑީ ހަދައިގެން މީހުންގެ އަބުރު ކަތިލުން ސަޅިއެއްނޫން!

އަޙްމަދު ޖަމީލު

logo

1/15/2024, 9:00:06 AM

E56E270A-84B1-44B1-99E8-428A6A8D7634

ދިވެހިރާއްޖޭގައި ހިޔާލު ފާޅުކުރުކުގެ މިނިވަންކަން މިވަނީ މީގެކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ފަހިވެފައެވެ. ކޮންމެތާކު ހިގާ ކޮންމެ ކަމަކާއި ގުޅޭގޮތުންވެސް އެމީހަކު ދެކޭގޮތް މީސްމީޑިއާއަށް ބަންޑުންކޮށްލަނީ އިހުގެ ކަތީބަކު ރައްޔިތު ބައްދަލުވުމުގަ ދޫކޮށްލާ ބަސްކޮޅަކަށް ވުރެންވެސް ފުރިހަމައަށެވެ.

އަބުޅޯ

އެ ފަރުދެއްގެ ކެރުންހުރި މިންވަރަކުން ޖެހުނު ކޮންމެ ކަމެއްގައި ހިޔާލު ފާޅުކޮށް އަޑުއުފުލުމަކީ ކޮންމެ ދިވެއްސަކުވެސް ފަރިތަކަންކަމެވެ. އާއްމު ދިރިއުޅުމުން ފެށިގެން އިޖުތިމާއީ މާހައުލުގައި ހިގާ ހުރިހާކަމެއް އެންމެންނާއި ހިއްސާކުރުމުގައި މީސްމީޑިއާ ވެފައި ވަނީ އެއްވެސް ލިމިޓެއްނެތް ހޮޅުއައްޓަކަށެވެ.

ސިޔާސީ ކަންކަމައި އިޖުތިމާއީ ކަންކަމުގަ ކެރިގެން އަޑުއުފުލަމުން އައި ދިވެހިންގެ ތެރެއިން ބަޔަކު މީހުން އިސާހިތަކު މުޅިން އައު ކުޅިވަރެއް ދަސްކޮށް އެކަމަށް ހޭނިއްޖެއެވެ. ތިމާއާއި މީހަކު ހިޔާލު ތަފާތުވާހިދު ރައްދު ދިނުމަކީ ގިނަމީހުންގެ އާދައެވެ. ނަމަވެސް ދިވެހިންގެ ތެރެއިން ފިނޑިބަޔަކު ކުރިމަތީ ހިޔާލުފާޅުކޮށް ބަސްބުނަން ނުކެރިގެން ޝަހުސް އޮޅުވާލާގެން ކޮންމެވެސް ނަމެއްގައި ވަގު އައިޑީ ހަދައިގެން ރައްދުދިނުން އާންމުކަމަކަށް ހަދައިފިއެވެ. މިފަދަ އައިޑީތަކުން މީހުންގެ އަބުރު ކަތިލުމާއި ބޭއަދަބީ ބަސް ބޭނުންކުރުމާއި ބޭއަދަބީ ފޮޓޯތަކުން މީސްމީޑިއާ މިވަނީ ކިނލަބުކޮށްފައެވެ. ކޮންމެ މީހަކަށް ފަސް ހަ އައިޑީ ހަދައިގެން ހިންނުރުހޭ މީހުން މީސްމީޑިއާގައި ބަދުނާމު ކުރުމަކީ އުފަލަކަށް ހަދައިފިއެވެ.

އެއްބަޔަކު ވަގު އައިޑީ ހަދައިގެން އަމިލައަށް ތައުރީފްކޮށް އެމީހެއްގެ އަސްލުބޭނުން ކުރާ އައިޑީ ޓެގްކޮށް މަގުބޫލުކަން ހޯދަމުންދާއިރު އަނެއްބަޔަކު މީހުންގެ އަބުރުކަތިލާ ދޮގުވާހަކަތައް ފަތުރަނީއެވެ. މިފަދަ ސިކުބަޔަކު މުޖުތަމައުގައި ތިބިއިރު އެމީހުންނަށް ނުވިސްނޭ ކަމަކީ الله سبحانه وتعالى އަށް ވަންހަނާވެގެންވާ އެއްވެސް ކަމެއް ނުވާކަމެވެ. މިފަދަ މީހުން ބަދުނާމުވެ، މީހުންތެރޭ ފަލީހަތްވާން ހިނދުކޮޅެއްވެސް ނުނަގާކަމެވެެ. ބައެއްމީހުން އޮޅިގެން ނުބައި އައިޑީއަކުން އެއްޗަކަށް ކޮމެންޓް ކުރެވިގެން ބަސްޓުވާއިރު އަނެއްބަޔަކު ހުންނަ ގަޅިކަމުން ހެދޭގޯހަކުން ފަލީހަތްވަނީއެވެ. ވާނުވާނޭގި އަމިއްލަ ނަންބަރަށް ވަގު އައިޑީ ރެޖިސްޓްރީ ކުރެވިގެން ބަސްޓްވާ މީހުންވެސް މަދެއްނޫނެވެ. މީގަ ހިމެނެނީ ހަމަ އެކަނި ޒުވާނުންނެއް ނޫނެވެ، މަގުމަތީ އުޅޭމީހުން އެކަންޏެވެސް ނޫނެވެ. އިއްޒަތްތެރިންވެސް މާސްކުގެ ފަހަތުގައި ފޮރުވާފައި ވަނީ ޖާހިލުކަމާއި އަނިޔާވެރިކަމުން ފުރިފައިވާ މޫނުތަކެކެވެ.

ދިވެހިންގެ އެންމެ މަގުބޫލް މީސްމީޑިއާ މަންސަރު ކަމުގައިވާ ފޭސްބުކުގައި ވަގު އައިޑީ ތަކުގެ ހަގުރާމަތައް ކޮންމެ ދުވަހަކުމެ ކުރިއަށްދާއިރު އެތައްބައެއްގެ އަބުރު ކަތިލައި ހަގީގަތާ ހިލާފު އެތައް ވާހަކައެއް ފަތުރައެވެ. ތެދު ދޮގު ނޭގޭވަރަށް މީސްމީޑިއާ ކިލަބުވެފައިވާއިރު ދެރަކަމަކީ ރައްޔިތުންގެ ހާދިމުންގޮތުގަ އިންތިހާބު ވެފަތިބި ބައެއް މީހުންވެސް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގެ ނަމުގައި "ފޭކް" މާސްކް އަޅައިގެން ތިބި މީހުންވެސް މިފަދަ ނުރަގަޅު އަމަލުތަކުގައި ޖެހިފައިވާކަމެވެ.

މިއީ ހުއްޓާލަންޖެހޭ ނުރަގަޅު އާދައެކެވެ. މިއީކީ ސަޅިކަމެއް ނޫނެވެ، މިއީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެކެވެ. ކެރިގެން ހިޔާލުފާޅު ކުރާނެ ގަޓުނެތިއްޔާ ވަގު އައިޑީ ހަދައިގެން ވައްކަންކުރުމުގެ އެއްވެސް ބޭނުމެއްނެތެވެ. އަމިއްލައަށް މަޤުބޫލުކަން ހޯދަން 50 އައިޑީ ބޭނުންކޮށް ދުވާލަކު 100 ޕޯސްޓް ޖެހިއަސް ތިމާ ހިތްނުރުހޭ މީހުންގެ އަބުރުކަތިލާ ދޮގު ވާހަކަތަށް ފެތުރުން ސަޅިއެއްނޫނެވެ.

އިޙްތިރާމް ލިބޭނީ އިޙްތިރާމްކޮށްގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ